މުދާ އުފުލާ ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ދަޕްރެސް
19 ޖެނުއަރީ 2026 | ހޯމަ | 10:45
މުދާ އުފުލާ ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ "ބަލްމާ -6" ނަމަކަށް ކިޔާ ދޯންޏެކެވެ. އިއްޔެ ހެނދުނު 7:27 އެހާކަންހާއިރު ކ. ވާދޫ ކައިރިއަށް ބަންޑުން ޖަހާލި މި ބޯޓުން 4 މީހުން ދަތުރުކުރިއެވެ. އަދި އެތަނުން ދެ މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާއިރު އަނެއް ދެ މީހުން ވަނީ ގެއްލިފައެވެ.
ގެއްލުނީ ދިވެއްސަކާއި ބިދޭސީއަކަށްވާއިރު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނުނީ އިއްޔެ 11:00 އެހާއިރުއެވެ. އޭނާ ފެނުނީ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން ކަމަށްވާއިރު މި ހާދިސާގައި މަރުވެފައި ވަނީ ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިނެވެ.