މާލޭގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާ އިތުރު ވަމުންދާތީ ސަމާލުވާން އެދިއްޖެ
ދަޕްރެސް
19 ޖެނުއަރީ 2026 | ހޯމަ | 11:53
މާލޭގައި ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް އައިޖީއެމްއެޗްއިން އެދެފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ބަޔާނެއްގައި ބުނީ، އެހޮސްޕިޓަލަށް ދައްކާ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާ، ބޭރަށް ހިންގުމާއި ޑެންގީ ހުން އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނާއި، ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކް އެޅުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އަދި އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ. މީގެ އިތުރުން ވެސް އެ ހޮސްޕިޓަލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި: