މީހާ ލުއިކޮށް، ހަންގަނޑު އަލިކުރަން އޮޅުވާލައިގެން ޕޭޖުތަކުގައި ބޭސް ވިއްކާނަމަ ފިޔަވަޅު އަޅަނީ

ދަޕްރެސް

19 ޖެނުއަރީ 2026 | ހޯމަ | 1:07

ހުއްދަ ނުނަގައި ބޭސް އެތެރެކޮށް އޮންލައިން ޕޭޖްތަކުން ވިއްކާ މައްސަލަ ބޮޑުވެ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާއި ބެހޭ ގައިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އިމްޕޯޓްކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ.

އަދި އިމްޕޯޓްކުރާ ހުރިހާ ބޭހަކީ ވެސް އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް ހުއްދަ ދީފައިވާ ބޭހުގެ ލިސްޓްގައި ހިމެނިފައިވާ ބޭހަކަށް ވާންޖެހޭ ނަމަވެސް މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް ތަފާތު އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

މައުޟޫޢުތަށް