ހުޅުމާލޭގައި ހިންގަމުންދިޔަ އިތުރު ސެލޫންތަކެއް ބަލައި ފާސްކޮށްފި

ދަޕްރެސް

19 ޖެނުއަރީ 2026 | ހޯމަ | 3:12

ހުޅުމާލޭގައި ހިންގަމުންދިޔަ އިތުރު ސެލޫންތަކެއް ބަލާ ފާސްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގައި ހިންގަމުންދިޔަ ހަތަރު ތަނެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ސެލޫންތަކުގެ އިތުރުން މަސާޖު ޕާލާތަކުގައި ހަށިވިއްކުވުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެއަށް އެތެރެކޮށް، އެ މީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށްދާއިރު ދާދި ފަހުންވެސް ވަނީ އެފަދަ ތަންތަން ބަލާ ފާސްކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ބަންދުކޮށް އެފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މައުޟޫޢުތަށް