ވިލިމާލޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް އަޅަން ކޮންޓްރެކްޓަރަކު ހޯދަން އެއްބަސްވެއްޖެ

ދަޕްރެސް

19 ޖެނުއަރީ 2026 | ހޯމަ | 4:58

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލާ ޒެންގެ ޒޫ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލަކީ 112 އެނދުގެ ޖާގަ ހިމެނޭހެން، ގާތްގަނޑަކަށް 12،890 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތް ކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށެވެ. މި ހޮސްޕިޓަލުގައި އައުޓް ޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތްތަކާއި، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ.

މައުޟޫޢުތަށް