ސްކޭމް: ބޭންކް އެކައުންޓެއް ހެކްކޮށް 29600 ރުފިޔާ ފޭރުނު މައްސަލައެއް!
ދަޕްރެސް
19 ޖެނުއަރީ 2026 | ހޯމަ | 4:44
މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) އެވެ.
ފުލުހުން ބުނީ، ނަދީފް މުހައްމަދު ހައްޔަރުކޮށްފައި ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި، ވިޔަފާރި ކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.