ކައުންސިލް އިންތިހާބު: މާމިގިލި ދާއިރާއަށް ވާދަކުރަން ނިންމައި، ސަރުކާރަށް ތާއިދުކުރަން ޖޭޕީން ނިންމައިފި
ދަޕްރެސް
19 ޖެނުއަރީ 2026 | ހޯމަ | 5:19
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސަރުކާރަށް ތާއީދުކުރަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައި ވަނީ އެ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީން ވާދަ ކުރާނީ ހަމައެކަނި އދ. މާމިގިލީ ދާއިރާއަށް ކެންޑިޑޭޓަކު ނެރުމަށް ކަމަށް ނިންމި އިރު، އެހެން ދާއިރާތަކަށް ސަރުކާރަށް ތާއީދުކޮށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މި ނިންމުމަށް ޖޭޕީގެ ގިނަ މެންބަރުން ތާއީދުކޮށްފައިވާ އިރު، މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.