ސިފައިންނާއި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ބޭސްފަރުވާ ދޭ ސްކީމް މުރާޖާކުރަން ލަފާ ދީފި
ދަޕްރެސް
19 ޖެނުއަރީ 2026 | ހޯމަ | 7:40
ސިފައިންނާއި ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް މިހާރު ދެމުން އަންނަ ބޭސް ފަރުވާގެ ސްކީމް މުރާޖާކޮށް ބޭސް ފަރުވާއަށް ކުރަންޖެހޭ ހަރަދު ކޮންޓްރޯލް ކުރެވޭނެ ސިޔާސަތެއް އެކުލަވާލުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
އޮޑިޓް އޮފީހުން މިގޮތަށް ލަފާ ދީފައި ވަނީ އާސަންދަ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ދައުލަތުން ކުރާ ހޭދައާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓްގައެވެ. މިއަދު އާންމު ކުރި މި އޮޑިޓްގައި ބުނާ ގޮތުގައި އާސަންދަ ސްކީމަކީ ދިވެހި އެންމެހާ ރައްޔިތުންގެ ބޭސްފަރުވާގެ ހަރަދު ހިލޭ ހަމަޖެއްސުމަށް ގާއިމްކޮށްފައިވާ ސްކީމެއް ނަމަވެސް އެ ސްކީމްގެ ބޭރުން ބޮޑު ހޭދައެއް ކުރަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން 2019 ވަނަ އަހަރުން ފެށީގެން 2024 ވަނަ އަހަރުގެ ނިޔަލަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެވްރެޖްކޮށް ކޮންމެ އަހަރު އެ ހަރަދު އަންނަނީ 28 ޕަސެންޓް އިތުރުވަމުން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.