ބަރަހަނާ މަންޒަރުތަކާހެދި ސޯޝަލްމީޑިއާ މަނާކުރަން އިނގިރޭސިވިލާތުން ބަލަނީ
ދަޕްރެސް
20 ޖެނުއަރީ 2026 | އަންގާރަ | 11:15
އޮސްޓްރޭލިއާގައި އުމުރުން 16 އަހަރަށް ސޯޝަލްމީޑިއާ މަނާކުރުމުގެ ނަތީޖާ އަކީ ކޮބައިތޯ ބެލުމަށް އިނގިރޭސި ޓީމެއް އެ ގައުމަށް ދާން ނިންމައިފިއެވެ.
އިނގިރޭސި ސަރުކާރުން ބުނީ، އޭއައިގެ އެހީގައި ބަރަހަނާ މަންޒަރުތައް ހެދުމާއި، ހާއްސަކޮށް ކުޑަކުދިންގެ އެފަދަ މަންޒަރުތައް އުފައްދާ ބޭނުން ކުރަމުން ގެންދިޔުމަކީ އޭއައިގެ ދުނިޔޭގައި ދިމާވެފައި ވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެން ކަމުން، އޭއައި އިން އެފަދަ މަންޒަރުތައް އުފެއްދާ ޓޫލްތައް މަނާ ކުރުމުގެ އިތުރުން ފޯނުތަކާއި ޑިވައިސްތަކުން ކުޑަކުދިންގެ ބަހަރަނާ ފޮޓޯ ނެގުމާއި ބެލުމާއި އަދި ޝެއާ ނުކުރެވޭގޮތް ހެދުމުގެ މަސައްކަތް މިހާރުވެސް ފަށާފައި ވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ތަޖުރިބާއިން ފިލާވަޅު ލިބިގަތުމަށް އެގައުމަށް ދިޔުމަށް ތައްޔާރުވަމުން ދާކަން ހާމަ ކުރައްވައި ޓެކްބޮލޮޖީއާ ބެހޭ ވަޒީރު ލިޒް ކެންޑަލް ވިދާޅުވީ، ޓެކްނޮލޮޖީ އަކީ ކުދިންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭ އެއްޗެއްކަން ޔަގީން ކުރަން ޖެހޭ ކަމަށާއި އެއީ އެކުދިންގެ މުސްތަގުބަލް ހަލާކުކޮށްލައި އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.