އެއާޕޯޓުގައި މާރާމާރީ ހިންގުމުން ނަސޭހަތް ދިނުމަށްފަހު ދޫކޮށްލި ދެ ބިދޭސީން ހައްޔަރުކޮށްފި

ދަޕްރެސް

20 ޖެނުއަރީ 2026 | އަންގާރަ | 1:40

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މާރާ މާރީ ހިންގި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި މީހުން ވަނީ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށްފަހު އެ މީހުން ވަނީ ދޫކޮށްލާފައެވެ.

އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތަށް ދެ މީހަކު މި މަހުގެ 18 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށް ފުލުހުން އިތުރަށް ބުނީ، އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް