އެމްޑީޕީ ސަރުކާރުން ހެދި ސެޓްލްމަންޓް އެއްބަސްވުމަކަށް ފައިސާ ނުދެއްކުމުން މައްސަލަ ސިވިލް ކޯޓަށް!
ދަޕްރެސް
20 ޖެނުއަރީ 2026 | އަންގާރަ | 4:26
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިަކަމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި މަސައްކަތަކަށް ފައިސާ ނުދެއްކި މައްސަލައިގައި އެމްޑީޕީ ސަރުކާރުން ހެދި ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް މި ސަރުކާރުން ފައިސާ ނުދެއްކުމުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ވެރި ކަމުގައި ތ. ވޭމަންޑު އާއި ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަން 2017 ވަނަ އަހަރު ހަވާލުކުރި އެލްއީ ޓްރިވޭނީ ޖޭވީ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުލިބުނު މައްސަލައިގައި ވަނީ އާބިޓްރޭޝަންގެ ނޯޓިސް ފޮނުވާފައެވެ. އަދި އިންޑިއާގެ ނިއު ދިއްލީގެ ހައި ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު ދިވެހި ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކުރަން ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުގައި ސެޕްޓެމްބަރު 24، 2023 ގައި ވަނީ ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުން ހަދާފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމ ބުރުގެ ވޯޓަށް ފަހުއެވެ.