މަމްސް އެއިޑްގެ ބެކްޓު ސްކޫލަށް ބީއެމްއެލްއިން އެއް ލައްކަ ރުފިޔާ ދީފި

ދަޕްރެސް

20 ޖެނުއަރީ 2026 | އަންގާރަ | 5:10

މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް ބެންކް އޮފް މޯލްޑިވްސް އިން އެއް ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން މަމްސް އެއިޑްގެ ބެކްޓު ސްކޫލް ކެމްޕޭނަށް އެއް ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިންކަމަށް ހާމަކޮށް ބުނީ މި ކެމްޕޭނަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ.

މި ކެމްޕޭނާ ބެހޭގޮތުން މަމްސް އެއިޑުން ބުނީ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މައުޟޫޢުތަށް