ޓެކުހަށް މަކަރުހެދި ދެ ކުންފުންޏަކަށް ދައުވާކުރަން ފޮނުވައިފި

ދަޕްރެސް

20 ޖެނުއަރީ 2026 | އަންގާރަ | 7:29

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ދެ ކުންފުންޏަކުން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުވާކުރުމަށް ފޮނުވާފައިވަނީ ޕައިނިއަރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްކަމަށެވެ.

މި ދެ ކުންފުންޏަކީ ޕެންޑެމިކްގެ ދުވަސްވަރު ޕީސީއާރް ޓެސްޓިންގެ ޑިމާންޑް ބޮޑުވި ވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކެވެ. ނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައި ވާކަން މީރާގެ ތަހުގީގަށް ފާހަގަކުރެވިފައި ވާކަމަށް ބުނެފައިވެއެވެ.

މައުޟޫޢުތަށް