ދީނީ އިލްމުވެރިޔާ އަބްދުލްއަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނީ

ދަޕްރެސް

20 ޖެނުއަރީ 2026 | އަންގާރަ | 7:27

ދީނީ އިލްމުވެރިޔާ ޝެއިހް އަބްދުލްއަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން، ފަރުވާ ދޭން ފަށައިފިއެވެ.

އޭނާގެ ދަރިފުޅު އަހްމަދު ކުމައިލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ބައްޕައަށް ސްޓރޮކެއް ޖެހި މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭނާގެ ބައްޕައަށް ހެޔޮ ދުއާ ކޮށް ދިނުމަށް ވެސް އެ ޕޯސްޓަގއި ބުނެފައި ވެއެވެ.

މިވަގުތު އަބްދުލްއަޒީޒްގެ ހާލު ހުރި ގޮތް ބަޔާންކޮށްފައި ނުވި ނަމަވެސް އެ ޕޯސްޓްގެ ދަށުން އެތައް ބަޔަކު އަންނަނީ އަބްދުލްއަޒީޒަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކުރަމުންނެވެ.

މައުޟޫޢުތަށް