ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު އަނެއްކާވެސް ރާއްޖެއަށް
ދަޕްރެސް
21 ޖެނުއަރީ 2026 | ބުދަ | 9:38
ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު އަނެއްކާވެސް ރާއްޖެއަށް ލިބިއްޖެއެވެ.
ވިސާ ނެތި ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދަށް ބަލާ ކޮންމެ އަހަރަކުވެސް ހެންލީ އެންޑް ޕާޓްނާސްއިން ނެރޭ ދުނިޔޭގެ އެންމެ ބާރުދަގަ ޕާސްޕޯޓު ލިސްޓުގައި ރާއްޖެއަށް މިއަހަރު ލިބިފައި ވަނީ ދުނިޔޭގެ 52 ވަނައެވެ. ރާއްޖޭގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 92 ގައުމަށް ދަތުރުކުރެވެއެވެ.
މިދިޔަ އަހަރު ރާއްޖެ އޮތީ ޕާސްޕޯޓް ރޭންކިންގެ 53 ވަނަގައިއެވެ.