ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސް ތަކުރާރު ކުރައްވައިފި
ދަޕްރެސް
21 ޖެނުއަރީ 2026 | ބުދަ | 9:53
ރާއްޖޭގެ އެންމެ އުތުރުން އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'އެކްސްޕްރެސް' އަށް ދެއްވި އިންޓަވިއުއެއްގައެވެ. ރައީސް ވިދާޅުވި ގޮތުގައި ޗާގޯސްގެ ރަށްތަކާ ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރިއެވެ. އަދި އެ ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޗާގޯސް ދޭންޖެހޭނީ ރާއްޖެއަށް ކަމަށް ރާއްޖޭން ގަބޫލުކުރާކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގައި އެގޮތަށް ރާއްޖޭން ދެކޭ ސަބަބުތައް ވެސް ހާމަކޮށްފައިވާނެކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، އެކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ.