15 ކިލޯއަށްވުރެ ގިނަވާނަމަ ބޮޑު ކަންނެލި ގަންނަ އަގު 25ރ. އަށް މަތިކޮށްފި

ދަޕްރެސް

21 ޖެނުއަރީ 2026 | ބުދަ | 2:49

ބޮޑު ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފިއެވެ.

މިފްކޯއިން ބުނި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ އިއްޔެއިން ފެށިގެންނެވެ. އެގޮތުން، މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވާއިރު މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ މަގުން ކަމަށް މިފްކޯއިން ބުނެއެވެ.

އެއާއެކު ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި އިއްޔެ ގަންނަން ވަނީ ފަށާފައެވެ.

މައުޟޫޢުތަށް