ތިން ރަށެއްގައި އިސްލާމިކް ސެންޓަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދަޕްރެސް

21 ޖެނުއަރީ 2026 | ބުދަ | 9:04

ރާއްޖޭގެ އަތޮޅުތަކުގައި އިސްލާމީ ސެންޓަރުތަކާ، ޤުރުއާން ސެންޓަރުތަކާ، ޒަމާނީ މިސްކިތްތައް ބިނާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 3 ރަށެއްގައި އިސްލާމިކް ސެންޓަރު އެޅުމަށާ، އަދި މިސްކިތަކާއި ޤުރުއާން ސެންޓަރެއް ބިނާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ކ. ގުޅި މިސްކިތް އިމާރާތްކުރުމާ، ގއ. ވިލިނގިލި ޤުރުއާން ސެންޓަރެއް އިމާރާތްކުރުމާ، ހއ. އިހަވަންދޫ އިސްލާމިކް ސެންޓަރު، ޅ. ނައިފަރު އިސްލާމިކް ސެންޓަރުގެ އިތުރުން ގއ. ވިލިނގިލި އިސްލާމިކް ސެންޓަރުގެ މަސައްކަތު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފަވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މިސްކިތުގައި ފިރިހެނުންނާ އަންހެނުން ނަމާދުކުރާ ބައިގެ އިތުރުން، ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކްލާސް ރޫމަކާ ލައިބްރަރީއެއްގެ އިތުރުން ޙިފްޒް ކޮޓަރި އަދި އޮފީސް ޖާގަ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް