ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް، ރޯދަމަހަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ގާއިމުކުރަނީ

ދަޕްރެސް

21 ޖެނުއަރީ 2026 | ބުދަ | 9:41

ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން އަންނަ ރޯދަ މަހު، ވަގުތީ މާރުކޭޓެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އަތޮޅުތެރޭގެ ރަށްތަަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ ގޮތުން މި ރޯދަމަހަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ގާއިމުކުރުމަށް ނިންމާފައިވާކަން ހާމަކޮށް މިނިސްޓްރީން ބުނީ މި މާރުކޭޓަކީ މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށެވެ.

އެމްޕީއެލްގެ އެހީތެރިކަމާއި އެކު ގާއިމުކުރުމަށް ހަމަޖެހިފައިވާ މި މާރުކޭޓާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ އަތޮޅުގެ ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް މި މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. މިނިސްޓްރީން ބުނީ މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ ފެބްރުއަރީ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާ އާއި ތަރުކާރީ ފިޔަވާ ރިހާކުރާ، އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާ އަދި އިމްޕޯޓްކޮށްފައިވާ ކާބޯތަކެތި ފަދަ އިތުރު ތަކެތި ވިއްކުމަކީ މަނާކަމެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް