"ފިތޫރު" ޓްރެވަލް ފެއާގައި ރާއްޖެ އިޝްތިހާރުކުރަނީ

ދަޕްރެސް

21 ޖެނުއަރީ 2026 | ބުދަ | 9:42

ސްޕެއިންގެ މެޑްރިޑުގައި ކުރިއަށްދާ "ފިތޫރު" ފެއާގައި ރާއްޖެއިން ބައިވެރިވެފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ މިއަދުން ފެށިގެން މިމަހުގެ 25އަށް ކުރިއަށްގެންދާ މި ފެއަރއަކީ، މިއަހަރު ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ އަދި ބޮޑު ޓްރެވަލް ޓްރޭޑް ފެއާކަމަށެވެ. މި ފެއާގައި ވިޒިޓް މޯލްޑިވްސްއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 22 ފަރާތެއް ބައިވެރިވާކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ފިތޫރަކީ ޓްރެވަލް އެޖެންސީތަކާއި، ހޯލް ސޭލަރުންނާއި، ހޮޓަލުތަކާއި އެކޮމޮޑޭޝަންތަކާއި، އެއާލައިންތަކާއި، ފަތުރުވެރިކަމުގެ ލެޝާ އަދި ކަލްޗަރަލް އެކްސްޕީރިއަންސްތައް ފޯރުކޮށްދޭ ފަރާތްތަކާއި، އެ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރާ ފަރާތްތަކާއި، ސްޕެއިންގެ ރަސްމީ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ބައިވެރިވާ ފެއާއެއްކަމަށެވެ.

މައުޟޫޢުތަށް