ފިލައިގެން އުޅޭ 4 ބިދޭސީއަކު ހޯދަން އާންމުންގެ އެހީއަށް
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 9:14
މޯލްޑިވްސް އިމިގްރޭޝަންއަށް ފިލައިގެން އުޅޭ 4 ބިދޭސީއަކު ހޯދުމަށް އާންމުންގެ އެހީތެރި ކަމަށް އެދެފިއެވެ.
އިމިގްރޭޝަނަށް ފިލައިގެން އުޅޭ ކަމަށް ބުނެ ވަނަވަރު އާންމުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 4 ފިރިހެނުންގެއެވެ. އަދި އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އިމިގްރޭޝަނަށް އެންގުމަށް ވަނީ އެދިފައެވެ.
ހޯދަމުންދާ ބިދޭސީންނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެކަމުގެ މައުލޫމާތު އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅައި ހިއްސާ ކުރުމަށް ނުވަތަ އިމިގްރޭޝަނަށް މެއިލް ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް އެ މައުލޫމާތު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.