މާލެ ސިޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޕީއެންސީން "ދޮރުންދޮރަށް ހިނގުން" ފަށައިފި

ދަޕްރެސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 10:09

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސަރަހައްދުން ވާދަ ކުރާ ފަރާތްތަކަށް ތާއީދު ހޯދުމަށް މާލޭގައި 'ދޮރުންދޮރަށް ހިނގުން' ކެމްޕެއިން ފަށައިފިއެވެ.

އެ ޕާޓީން ބުނީ، މިއީ މާލެ ސިޓީގެ މޭޔަރު ކެންޑިޑޭޓް އަދި އެ ޕާޓީގެ ފަރާތުން މާލެ ސިޓީގެ އތމ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާއިޝަތު އަލައިކާ އަދުނާން ގެ އިތުރުން 2026 ވަނަ އަހަރުގެ ގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާ މާލެ ސިޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މިއަދު ހެނދުނު 09:00ގައި މި ހަރަކާތް ފަށާފައި ވަނީ ކޮންގްރެސް ޕާޓީގެ މައި ޖަގަހަ، ހ. ވެޔޮވިލާއިންނެވެ.

މައުޟޫޢުތަށް