ބޮޑެތި އިސްލާމީ ގައުމުތަކުން ޓްރަމްޕްގެ ގާޒާ ބޯޑުގައި ބައިވެރިވެއްޖެ

ދަޕްރެސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 10:08

ގާޒާ އާރާސްތު ކުރުމުގެ ނަމުގައި ޓްރަމްޕް ހައްދަވާފައި ވާ 'ގާޒާ ބޯޑު އޮފް ޕީސް' ގައި އިސްލާމީ ބޮޑެތި ގައުތަކުން ބައިވެރިވާނެ ކަމަށް ބުނެފިއެވެ.

ސައުދީ، ތުރުކީ، މިސްރު، ޔޫއޭއީ، އުރުދުން، އިންޑޮނީޝިއާ، ޕާކިސްތާން އަދި ގަތަރުފަދަ ގައުމުތައް ހިމެނެއެވެ. އަދި ބަހްރެއިން، އަލްބޭނިއާ، އަރްމީނީއާ، އަޒަރްބައިޖާން، ބެލަރޫސް، ހަންގޭރީ، ކަރަކިސްތާން، މޮރޮކޯ، ވިއެޓްނާމް ފަދަ ގައުމުތަކުން މިހާރު ވަނީ ބައިވެރިވެފައެވެ.

އިސްލާމީ ބޮޑެތި ގައުމުތަކުގެ އިތުރުން އެކި ދީންތަކުގެ މީހުން އުޅޭ ގައުމުތަކުންވެސް ބައިވެރިވަމުން އަންނަ އިރު، ގާޒާގެ ރައްޔިތުން މަރާ ހުސްކުރާ ޔަހޫދީ އިޒްރޭލުވެސް އެ ބޯޑުގައި ޓްރަމްޕް ވަނީ ހިމަނާފައެވެ.

މައުޟޫޢުތަށް