އެސްޓީއޯ ރޯދަ ސޭލް ފަށައިފި، ހޮވާލެވިފައިވާ ޕްރޮޑަކްޓުތަކަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު!

ދަޕްރެސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 10:38

އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާއިރު، މި އަހަރުގެ ރޯދަ ސޭލް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންތްކުގެ މަގްސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މި އަހަރުގެ ރޯދަ ސޭލް ރަސްމީކޮށް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ 21ގައި ކަމަށާއި، މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހާޑްވެއާއާ ގުޅިގެން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ މި އަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގައި ކަމަށެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން 50 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި، މަކިޓާގެ ބައެއް ޓޫލްސް ތަކަކުން 70 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް