އައިވީއެފް އެހީއަށް އެދުނު 135 ދެމަަފިރިންގެ ތެރެއިން ޝަރުތު ހަމަވީ 39 މީހުން!
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 11:14
އައިވީއެފްގެ ފަރުވާ އަށް، ދައުލަތުގެ އެހީއަށް އެދުނު 135 ދެމަފިރިންގެ ތެރެއިން 39 ދެމަފިރިންގެ ޝަރުތު ހަމަވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.
އެންސްފާއިން ބުނީ އައިވީއެފް ގެ ފަރުވާ "ފާޓިލިޓީ ކެއާ ފަންޑް" މެދުވެރިކޮށް ހޯދުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މުއްތަދުގެ ތެރޭގައި 'ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް' މެދުވެރިކޮށް އެހީއަށް އެދި 135 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
އެންސްޕާއިން ބުނީ 2025 ވަނަ އަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ 50 ދެމަފިރިންނަށް ކަމަށެވެ. އަދި 2025 ވަނަ އަހަރު އައިވީއެފް ފަރުވާގެ ހަރަދު ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 39 ދެމަފިރިންގެ ޝަރުތު ހަމަވެ އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެެވެ.