މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފަކަށް ފިޓުޖެހި ނިޔާވެއްޖެ
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 12:47
މަސައްކަތުގެ މާހައުލުގައި އުޅެމުންދިޔަ މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފު ނިޔާވެއްޖެއެވެ.
އެ ކުންފުނިން ބުނީ، މިއަދު މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށް ފިޓުޖެހު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ މައުލޫމާުތު ދީފައެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ގދ. ދެއްވަދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މީހެކެވެ.