ސަރުކާރުން ދޭ މަސްދަޅު ކޭސްތައް ބެހުން މި މަހު 24ގައި، ކިއުގައި ނުޖެހި ޕޯޓަލުން ޓޯކަން ނެގޭނެ

ދަޕްރެސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 12:49

ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވާއިރު، މިތަކެތި ބެހުން މި މަހުގެ 24 ވަނަ ދުވަހު ފަށާނެ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ގްރޭޓާ މާލޭގެ 15 ތަނަ ތަނަކުން ރޯދަ ހަދިޔާ ދޫކުރާނެކަމަށާއި، ކިއުގައި ނުޖެހި ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގޭނެ ކަމަށެވެ.

އިތުރަށް ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ 118673 މަސްދަޅު ކޭސް މިހާރު ވަނީ ތައްޔާރު ކުރެވިފައިކަމަށާއި، އެއްވެސް ގޭބީސީއެއް އުނިކުރުމެއް ނެތި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެކަމަށެވެ.

މައުޟޫޢުތަށް