މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް 5 ދައުވާއެއް ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރަނީ!
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 1:05
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 5 ދައުވާ ސާބިތުވުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ނިންމާފައިވާކަމަށް ޕީޖީން ބުނެފައެވެ.
މިއަދު ކްރިމިނަލް ކޯޓުން ވަނީ އަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 5 ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.
ޕީޖީން ބުނީ މި 5 ދައުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމެއްނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅި ދައުވާތަކުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.