ހުޅަނގު އައްސޭރި ފޭރިގަނެގެން އުޅޭ 18 ޔަހޫދީއަކަށް ބަޑިބޭނުންކުރުމުގެ ހުއްދަ އިޒްރޭލުން ދީފި
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 1:58
ފަލަސްތީނުގެ ހުޅަނގު އައްސޭރި ފޭރިގަނެގެން ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ތެރެއިން 18 މީހަކަށް ބަޑި ބޭނުން ކުރުމުގެ ހުއްދަ އިޒްރޭލުން ދީފިއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީން ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ނެރެމުން ޔަހޫދީ އާބާދީތައް އަޅަމުން ގެންދަމުން އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ އުދުވާނުތައްވެސް އިތުރު ކުރަމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަހަރު އެކަނިވެސް ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ކުރުމާއި މެރެމުގެ 1800 އަށް ވުރެ ގިނަ ހާދިސާ ހިނގާފައި ވެއެވެ. އެވްރެޖްކޮށް ދުވާލަކު 5 ހާދިސާއެއް ހިނގާއިރު އޭގެ ތެރޭގައި ބަޑިޖަހާ މެރުމާއި، ގެދޮރުން ނެރެ ގެ ތަޅާލުމާއި ނިދާފައި ތިއްބާ ގޭގައި ހުޅުޖެހުން ފަދަ އަނިޔާވެރި އެތައް ކަމެއް ހިމެނެއެވެ.