ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ބައި ހެދުން: ޝީޓް ޕައިލިންގެ 65 ޕަސެންޓް މަސައްކަތް ނިމިއްޖެ

ދަޕްރެސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 5:42

މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލިންގެ 65 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ދާ ކަމަށެވެ. އެގޮތުން މަގުގެ އިމާރާޓްތައް ހުންނަ ފަރާތުގެ ދުވާރު އެޅުމުގެ މަސައްކަތް ނިމި، ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ އެގޮތުން ޝީޓް ޕައިލިން މަސައްކަތުގެ 168 މީޓަރު އިންސްޓޯލް ކޮށްފައިވާ ކަަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު ސްޓޯމް ވޯޓާ ކެޗްމަންޓް ޕިޓްތަކާއި ކޭބަލް ޖަންކްޝަން އިންސްޓޯލްމަންޓްގެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބިން ހިއްކުމާއި، އެންކާ ބްލޮކް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.

މައުޟޫޢުތަށް