ނިޔާވި އެމްޕީއެލްގެ މުވައްޒަފު އަދި އައިންތު މިސްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 5:44
މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ފިޓު ޖެހިގެން ނިޔާވި އެމްޕީއެލްގެ މުވައްޒަފު އަދި ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި އައިމިނަތު ހަސަން (އައިންތު މިސް) ގެ އާއިލާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ އާއިލާއަށް، އަދި ތައުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ތައުޒިޔާ ދަންނަވާފައެވެ.
ރައީސް ވަނީ މަރްހޫމާއަށް މާތްﷲގެ ތަނަވަސް ރަހުމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރައްވާފައެވެ.