މާލޭގައި ބަނގުރާ ވިއްކާކަމުގެ ތުހުމަތުގައި ހަތަރު ބިދޭޭސީން ހައްޔަރުކޮށްފި
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 6:31
ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކާކަމުގެ ތުހުމަތުގައި ހަތަރު ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައިކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސިޕޮން އަލީ (21) އާއި ޖުވެލް ރަނާ (32އ) އާއި އެމްޑީ ނަޒްރުލް އިސްލާމް (20) އާއި އެމްޑީ އިބްރާހީމް(22އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންކަމަށާއި މި މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައިފާސްކުރިއިރު 54 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.