ހުޅުދެލީ ސިއްހީ މަރުކަޒަށް އިތުރު ކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 9:09
ދ. ހުޅުދެލީ ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހުޅުދެލީގައި ބާއްވައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސާ ސިނާން އަލީ އާއި ހުޅުދެލީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން 4905 އަކަފޫޓުގެ އިމާރާތެއް ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރަން ނިނާޟާފައި ވެއެވެ. މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތަފްސީލަށް ބަލާލާއިރު، ވަށާފާރަކާއި، ޕޯޓިކޯއަކާއި، 225 އަކަފޫޓުގެ ބޭސް ފިހާރައެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.