ފިޔޯރީ ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފަުވެރިކޮށްދެއްވައިފި
ދަޕްރެސް
23 ޖެނުއަރީ 2026 | ހުކުރު | 10:14
ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީގައި ކުރިއަށްދާ ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގދ. ފިޔޯރީ ވޮލީ ކޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް) ގެ ރައީސް ހުސައިން ފަޔާޒެވެ.
ރޭ ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ވާދަކުރީ ފުވައްމުލަކުގެ އެކުވެރި ފުނާޑު ޓީމާއި، ފިޔޯރީ ވޮލީބޯޅަ ޓީމެވެ. މި މެޗު 1 ސެޓު 3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ އެކުވެރި ފުނާޑް ޓީމެވެ.