"އަދަދު" ނޫހުގެ ސިޔާސީ ކާޓޫނު ސެގްމަންޓު ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި
ދަޕްރެސް
23 ޖެނުއަރީ 2026 | ހުކުރު | 10:31
'އަދަދު' ނޫހުން ގެނެސްދޭ "ސިޔާސީ ކާޓޫން" ސެގްމެންޓް ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އަދަދު ނޫހުން ޝާއިއުކުރި ކާޓޫނާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ވަނީ 'އަދަދު' ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ވަނީ 'އަދަދު' ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓުގައި އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.