ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގައި ދީނުގެ ހުކުމްތަކާއި ރުކުންތަކަށް އިހުތިރާމްކުރަންޖެހޭ: ޝަހީމް
ދަޕްރެސް
23 ޖެނުއަރީ 2026 | ހުކުރު | 2:22
ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ހުކުމްތަކާއި ރުކުންތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ 'އަދަދު' ނޫހުން ގެނެސްދޭ "ސިޔާސީ ކާޓޫން" ސެގްމެންޓް ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓުގައި އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ބަލަމުންނެވެ.