މޭޔަރަށް ވާދަކުރައްވާ މޫސާ ޖަލީލު މައްޗަންގޯޅި މެދު ދާއިރާގައި ދޮރުން ދޮރަށް ކެމްޕެއިން ފަށައިފި
ދަޕްރެސް
23 ޖެނުއަރީ 2026 | ހުކުރު | 4:11
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ރިޓަޔާޑް މޫސާ އަލީ ޖަލީލް މައްޗަންގޯޅީގެ މެދު ދާއިރާގެ ގެތަކަށް ދޮރުން ދޮރަށް ކެމްޕެއިން މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު ފެށި މި ދޮރުންދޮރަށް ކެމްޕެއިންގައި މޫސާ ޖަލީލާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި މައްޗަންގޯޅި ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ބައިވެރިވެއެވެ. ދޮރުން ދޮރުން ކެމްޕެއިން މިއަދު ހަވީރު 400 ގައި ފަށާފައިވާ އިރު އެންމެ ފުރަތަމަ ޒިޔާރަތްކުރި ގެއަކީ ޗާންދަނީ މަގުގައި ހުންނަ ކޮރޮނެޓްޕީކް ގެއިން ނެވެ.
މި ކެމްޕެއިންގައި މައްޗަންގޯޅީގެ ގެތަކަށް ޒިޔާރަތްކޮށް އެގޭގައި ދިރިއުލޭ މީޙުންގެ ހާލު ބަލައި އެމީޙުންގެ ޝަކުވާތަކާއި ބޭނުންތައް އަޑުއެހުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މައްޗަންގޯޅީގައި ދިރިއުޅޭ ރައްޔިތުންގެ ބޭނުންތައް ގާތުން އަޑޫއަހައި ރައްޔިތުން އެދޭ ގޮތަށް ދާއިރާގެ ކަންކަން ހިންގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޕީއެންސީން ބުނެއެވެ.