މަސްދަޅު ކޭސް ބެހުމަށް ފަސޭހަވާނެހެން ހުޅުމާލޭގައި އިންތިޒާމްތައް ހަމަޖައްސަނީ: އެޗްޑީސީ
ދަޕްރެސް
23 ޖެނުއަރީ 2026 | ހުކުރު | 7:40
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސް ދަޅު ކޭސް ބެހުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ، ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް ރޯދަ ހަދިޔާ ބެހުމަށް ސަރުކާރުން ހަމަޖައްސާފައިވާ އިރު، އެކަމަށް އެއްބާރުލުން ދީ، ހުޅުމާލޭގައި ހަދިޔާ ބެހުމަށް ފަސޭހަވާނޭ ހެން އިންތިޒާމްތައް ހަމަޖައްސައި ދިނުމުގެ މަސައްކަތް އެޗްޑީސީގެ ޓީމުން ދަނީ ކުރަމުން ކަމަށެވެ.
މާދަމާ އިން ފެށިގެން ރޯދަ ހަދިޔާ ބަހަން ހަމަޖެހިފައިވާ އިރު، ކިއުގައި ޖެހެން ނުޖެހޭނެ ގޮތަކަށް މި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މާލެ ސަރަހައްދުގެ 15 ތަނަކުން މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވާ އިރު ކިއުގައި ނުޖެހި ޓޯކަންއެއް ނަގައިގެން މަސްދަޅު ބަލައިގަނެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.