ގެވެށި އަނިޔާއެއްގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
24 ޖެނުއަރީ 2026 | ހޮނިހިރު | 9:06
ގެވެށި އަނިޔާއެއްގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ދ. މީދޫގައި ކަމަށާއި، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާކަމަށެވެ.
އެއާއެކު އެމީހާ ހައްޔަރުކޮށްފައިވާކަން ހާމަކޮށް ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ. މި މައްސަލައިގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެކަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.