ތައުލީމަކީ ތަރައްގީގެ އެންމެ މުހިންމު އަސާސްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭކަމަށް

ދަޕްރެސް

24 ޖެނުއަރީ 2026 | ހޮނިހިރު | 10:10

މި ސަރުކާރުން ވަނީ ތައުލީމަކީ ގައުމީ ތަރައްގީގެ އެންމެ މުހިންމު އަސާސްގެ ގޮތުގައި ކަނޑައަޅާފައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ ތައުލީމީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔޭގެ ކުރިއެރުމުގެ މައިގަނޑު ބިންގާކަން އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި ތައުލީމީ ނިޒާމު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޒުވާނުން ބާރުވެރިކުރުވުމަށާއި، އެންމެހައި ފަރުދުން ޝާމިލުވާގޮތަށް ހެޔޮ ބަދަލުތަކެއް ތައުލީމީ ނިޒާމަށް ގެނައުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި، ހިލޭ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށާއި، އަދި ދަރިވަރުންގެ ތައުލީމީ ލޯނުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ފާއިތުވި 2 އަހަރު ތެރޭ މި ސަރުކާރުން ދޫކޮށްފައިވާކަމަށެވެ.

މައުޟޫޢުތަށް