350 ދަރިވަރުންނާއެކު ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗު ތަމްރީނަށް ފުރައިފި

ދަޕްރެސް

24 ޖެނުއަރީ 2026 | ހޮނިހިރު | 2:27

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗު ތަމްރީނު ހެދުމަށް ފުރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ.

މި ދަރިވަރުން ޅ. މާފިލާފުށީގައި ހުރި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުން ތިން މަސްދުވަހު ތަމްރީނު ފުރިހަމަކުރާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް