ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެއްވަނަ ހޯދުމަކީ ތާރީހީ ފަހުރެއް، އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަން: ރައީސް

ދަޕްރެސް

24 ޖެނުއަރީ 2026 | ހޮނިހިރު | 6:14

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެއްވަނަ ހޯދުމަކީ ތާރީހީ ފަހުރެއްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)އިން ކުރިއަށް ގެންދިޔަ ސާފް ފުޓްސަލްގެ ޗެމްޕިއަންކަން ރާއްޖެއަށް ލިބުމާއި ގުޅިގެން، ޓީމަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޕޯސްޓުގައިވަނީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ގައުމުގެ މުސްތަގްބަލަށް އުޖާލާކަމެއް ކަމުގައި ސިފަކުރައްވާފައެވެ.

ތައިލޭންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުރިޔަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި 7 ގައުމަކުން ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ލިބެނީ، ކޮންމެ ޓީމަކުން ހަ މެޗު ކުޅެ ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ޓީމަކަށެވެ.

މައުޟޫޢުތަށް