ޗާގޯސް މޮރިޝަސްއަށް ދިނުން ފަސްކުރުމުން ޗާގޯސް ހޯދުމުގެ ފުރުސަތު އަދި ނުގެއްލޭ: ނަޝީދު

ދަޕްރެސް

24 ޖެނުއަރީ 2026 | ހޮނިހިރު | 7:24

ޗާގޯސް މޮރިޝަސްއަށް ދިނުމުގެ ބިލަށް ވޯޓުދިނުން ފަސްކުރުމަށް އިނގިރޭސިވިލާތުން ނިންމުމުން، މިއީ ފޯޅަވަހި ހޯދުމަށް ލިބޭ ފުރުސަތެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތާއެކު މޮރިޝަސްއިން ހެދި އެއްބަސްވުމުގެ ދަށުން އެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކޮށް، އެންމެ ބޮޑު ރަށް ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާ-އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުގެ ކޮންޓްރޯލް އިނގިރޭސިވިލާތަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމިއެވެ.

އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސް އިން، ފޯޅަވަހި ހިމެނޭ ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމުގެ އެއްބަސްވުން ފާސްކުރަން ތައްޔާރުވަމުން ދަނިކޮށް، އެއަށް އަމަލު ކުރަން އދ.ގެ ކޮމިޓީއަކުން ވެސް ގޮވާލާފައިވެއެވެ.

މައުޟޫޢުތަށް