އިންތިހާބުގައި ހޮވަންވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާނެ މަންދޫބުން: ރައީސް

ދަޕްރެސް

25 ޖެނުއަރީ 2026 | އާދިއްތަ | 8:59

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވަންވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާނެ އަދި ތަރައްގީއަށް މަގުފަހިކޮށްދޭނެ މަންދޫބުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ހަވީރު ޕީއެންސީ އިން ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށާއި، އެހެންކަމުން ރަށްރަށާއި ސިޓީތަކަށް ބޭނުންވަނީ ސަރުކާރުގެ މި މަސައްކަތަށް ހުރަސްނާޅައި އެއްބާރުލުންދޭނެ މޭޔަރުންނާއި ކައުންސިލަރުންކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާ ހައްލުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. ރައްޔިތުންނާ ސަރުކާރުގެ ދެމެދަށް އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވީ މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު ކަމަށެވެ.

މައުޟޫޢުތަށް