ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ނިންމާލައިފި، ދެން އޮތީ ގިރާވަރުފަޅު ހިއްކުން
ދަޕްރެސް
25 ޖެނުއަރީ 2026 | އާދިއްތަ | 11:30
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި ކޮންގްރެސް ޕާޓީގެ ހާއްސަ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ކަނޑު ފަޅުން ދިން ގޯތިތައް ހިއްކައި ނިންމައި، ހަވާލު ކުުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އެގޮތުގެ މަތިން ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ ނިމިފައިވާ ކަމަށެވެ.
އަދި ހަމަ އެހެންމެ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑެރަޖަރު އޮތީ އެތަނުގެ ކައިރީގައި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.