އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ހިދުމަތް އަންނަ ބުދަ ދުވަހު ފަށަނީ

ދަޕްރެސް

25 ޖެނުއަރީ 2026 | އާދިއްތަ | 11:54

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތެޓަރައިޒޭޝަން ލެބޯޓަރީ (ކެތު ލެބު) ގެ ހިދުމަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން، އެންމެ ފުރަތަމަ މަސައްކަތްކުރީ ކެތު ލެބު އައުޓް ސޯސްކޮށްގެން ހިންގުމަށެވެ. އަދި އެތަން ހިންގައިދޭނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ ޖޫން މަހު ވަނީ އިއުލާންވެސް ކޮށްފައެވެ. މިކަމަށް އެދި ރާއްޖެ އާއި ބޭރުގެ ހަތް ފަރާތަކުން ކުރިމަތިލި ނަމަވެސް، ފައިނަލް ޕްރޮޕޯޒަލް ހުށަހަޅަން ދިން މުއްދަތުގައި އެ ލިޔުންތައް ނުލިބުމުން އެ ފުރުސަތު ވަނީ ކެންސަލްވެފައެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތު ލެބު، އައިޖީއެމްއެޗާ ގުޅިގެން ހިންގަން އެންމެ ފަހުން ނިންމާފައިވާއިރު، އައިޖީއެމްއެޗްގައި ހުންނަ ކެތު ލެބު ވެސް މިހާރު ހިންގަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނެވެ.

މައުޟޫޢުތަށް