ހިޔާގެ 8 ޓަވަރުގައި ލިފްޓުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލައިފި
ދަޕްރެސް
25 ޖެނުއަރީ 2026 | އާދިއްތަ | 2:05
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން 8 ޓަވަރެއްގައި ލިފްޓު ބެހެއްޓުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ.
ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިޔާގެ 16 ޓަވަރު ހުންނައިރު ޖުމްލަ 32 ލިފްޓު ހަރުކުރާނެއެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ.
މި މަޝްރޫއާ ގުޅޭ އެންމެ ފަހުގެ ތަފްސީލު ހިއްސާ ކުރަމުން އެޗްޑީސީން ބުނީ، މިހާތަނަށް ހިޔާ ޓަވަރު 1 އިން 8އާ ހަމައަށް ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް ނިންމާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި ދަގަނޑު ސްޓްރަކްޗާގެ މަސައްކަތް ހުރިހާ ޓަވަރެއްގައި ނިމިފައި ހުރިކަން ފާހަގަކޮށް އެޗްޑީސީން އިތުރަށް ބުނީ، މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ސައިޓުގައި ހުރި ކަމަށެވެ.