ފްލެޓުތަކުގެ ކޮރިޑޯއާއި އާންމު ސަރަހައްދުތަކުގައި ބަަހައްޓާފައި ހުންނަ ތަކެތި ނަގަން އަންގައިފި

ދަޕްރެސް

25 ޖެނުއަރީ 2026 | އާދިއްތަ | 3:10

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ކޮރިޑޯ އާއި އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފްލެޓްތަކުގެ ކޮރިޑޯގައި ފަރުނީޗަރާއި ބައިސްކަލާއި ފައިވާން ހަރުފަދަ ތަކެތި ބަހައްޓަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި މިގޮތަށް ބަހައްޓާފައި ހުންނަ ތަކެތީގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ވެސް ދަތި އުނދަގޫތައް ދިމާވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

މައުޟޫޢުތަށް