މީޑިއާ ކޮމިޝަނުން ނެރުނީ ގާނޫނު އަސާސީއާ ހިލާފު އިއުލާނެއް: ފައްޔާޒު
ދަޕްރެސް
25 ޖެނުއަރީ 2026 | އާދިއްތަ | 8:35
މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން ނެރުނު އިއުލާނަކީ އެންމެން ކޮންޓްރޯލްކުރަން ނެރުނު އެއްޗެއް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން ޝާއިއުކުރި ކާޓޫން ސެގްމަންޓެއްގެ މައްސަލަ މީޑިއާ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ކާޓޫނު އެއްވެސް މީހަކު ދައުރު ނުކުރުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ސޯޝަލް މީޑިއާއަށް ގާނޫނު ނުހިނގާނެ ކަމަށް ވިދާޅުވެ ސަރުކާރުން ހެދީ ދޮގުކަން ވަރަށް ސާފު ކަމަށެވެ. ރައްޔިތުންނަށް އާންމުވެގެންވާ އެންގުމެއް އެންގުމުގެ ބާރު އެ ކޮމިޝަނަކަށް ނޯންނާނެކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.