ގުދުރަތީ ހިތްގައިމު ކަމާއި ތަފާތު ޖަނަވާރުތައް ބަލާލަން ބަކެޓް ލިސްޓަށް އޮސްޓްރޭލިއާ ނުލާވަރެއް ނޫން!

ދަޕްރެސް

18 ފެބްރުއަރީ 2026 | ބުދަ | 10:30

މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މި ލިޔުމުގައި ވެސް މި ގެނެސްދެނީ މިހާރަކަށް އައިސް ގިނަ ދިވެހީން ދިރިއުޅެމުން ދިއުމުގެ އިތުރުން ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާގެ އެކި ކަންކަމަށް ގޮސް އުޅޭ ގައުމެއް ކަމަށްވާ އޮސްޓްރޭލިއާއަށެވެ. 27 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދާ މި ގައުމަކީ ޕެސިފިކް ކަނޑު އަދި އިންޑިއާ ކަނޑުގެ ދެމެދުގައިވާ އެންމެ ކުޑަ ކޮންޓިނެންޓެވެ.

އެ ގައުމުގައި ފައިސާގެ ގޮތުގައި ބޭނުން ކުރަނީ އޮސްޓްރޭލިއަން ޑޮލަރެވެ. މިއީ އެކި ވައްތަރުގެ ޖަނަވާރުތައް ވެސް ގިނައިން އުޅޭ ގައުމަކަށްވާ އިރު މި ގައުމުގައި ހުރި މަޝްހޫރު ގުދުރަތީ ތަންތަނުގެ ތެރޭގައި ބަބްލް-ގަމް ޕިންކް ލޭކްތަކާއި، ގްރޭޓް ބެރިއާ ރީފް ފަދަ ތަންތަން ހިމެނެއެވެ.

މައުޟޫޢުތަށް